ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)H12-HC-AHR/H12-HC/2025/22
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 15 މޭ 2025 11:30
މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

                                           ނަންބަރު: (IUL)H12-HC-AHR/H12-HC/2025/22


                     އިޢުލާނު

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J- 412446

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

އެމް.އެސް. 3

މަޤާމްގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ކ.މާފުށީ ހޮސްޕިޓަލް / ކ. މާފުށި

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހެލްތު އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  2. ސަޕޯޓިންގ ކޯ އެލަވަންސް2ގެ ގޮތުގައި މަހަކު -/900 (ނުވަސަތޭކަ ރުފިޔާ)
  3. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ސެކްޝަނުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން
  2. ހޮސްޕިޓަލުގެ ޕްރޮކިޔުމަންޓް ޕްލޭން ކޮންމެ އަހަރަކުވެސް ތައްޔާރުކޮށް ހުށަހެޅުމާއި ކަމާއިގުޅޭ ފަރާތްތަކަށް ފޮނުވުމާއި ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ޚިދުމަތާއި މެޑިކަލް އަދި ޖެނަރަލް ތަކެތި ހޯދުމާއި، ޕްރޮކިޔުމަންޓް ޕްލޭންގެ ދަށުން ހޯދަންޖެހޭ ތަކެތި ހޯދުމާއި، އަދި ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތު ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތިން ކަންކަން ރާވާ ހިންގާ ބެލެހެއްޓުން.
  3. ހޮސްޕިޓަލުން ހިންގާ މަސައްކަތްތަކަށް އަންނަ ބިލްތައް ވެރިފައިކޮށް، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްސްތަކާއެކު ލަސްނުކޮށް އެކައުންޓްސް ޑިވިޜަނަށް ބިލްތައް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  4. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމާއި ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން
  5. ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން.
  6. ހޮސްޕިޓަލުގެ ބިންބިމާއި އިމާރާތްތަކާއި، އުޅަނދުފަހަރާއި، ވެހިކަލްތަކާއި ހަރުމުދަލުގެ އިންވެންޓްރީ ، ގުޅުންހުރި މުވައްޒަފުން މެދުވެރިކޮށް ފުރިހަމަކޮށް ބެލެހެއްޓުމާއި ، އަންނަ ބަދަލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް އެކަންކަން ތަންފީޒު ކުރުން. އަދި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  7. ހޮސްޕިޓަލުން އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި، ޚިދުމަތްތައް ހޯދުމަށްޓަކައި އިޢުލާންކުރުމުގެ ކުރިން މަޢުލޫމާތު ޝީޓާއި، ޕޮއިންޓް ދޭނެ މިންގަނޑު ތައްޔާރުކޮށް އެކަމަށް އިޢުލާނުކުރުމާއި، އިޢުލާނުކޮށްގެން ލިބޭ އެސްޓިމޭޓްތައް އިވެލުއޭޓްކޮށް ޓެންޑަރ ކޮމިޓީއަށް ހުށަހަޅައި ކޮމިޓީއިން ނިންމާ ފަރާތަކަށް މަސައްކަތްތައް ޙަވާލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  8. މަހުން މަހަށް އަހަރުން އަހަރަށް ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓް ތައް ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުވުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާތޯ ޔަގީންކުރުން.
  9. ހޮސްޕިޓަލުގެ ސްޓޮކްގައިހުރި ނައްތާލަންޖެހޭ ތަކެތި ޤަވާޢިދުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ގަވައިދުގެ ތެރެއިން އެތަކެތި ނައްތާލުން.
  10. ހޮސްޕިޓަލުގެ ހިންގެވުމާއި ހަވާލުވެހުންނަވާ ފަރާތެއްގެ މަޝްވަރާގެ މަތިން  މަރާމާތު ކުރެވެމުންދޭތޯ ބަލާ އެކަން މޮނިޓަރ ކުރުމާއި އަދި އިމާރާތާއި ގޯތީގެ މުޢާމަލާތްތައް ކުރުމުގައި މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދުމަށްފަހު ކުރިއަށް ގެންދިއުން.
  11. ހޮސްޕިޓަލުގެ އިދާރީ ހިންގުން ރަގަނޅުކޮށް ޒަމާނީކުރުމަށް ކުރަންޖެހޭ މަސައްކަތްތައްބަލާ އެމަސައްކަތް ކުރުމާއި ، ޚިދުމަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެސް އޯ ޕީ ތައް ތައްޔާރުކޮށް ގެންނަން ޖެހޭ ބަދަލްތައް ގެނައުން.
  12. ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުމާއި އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހޭ ހާލަތް ތަކުގައި އޮފީސް ހުޅުވާ ލެއްޕުން.
  13. ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތައް ކުރަމުންދާގޮތް ބަލައި، ސްޕަވައިޒްކުރުން އަދި ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ބާރުއަޅާ އެހީތެރިވެދިނުމާއެކު ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ ފެންވަރު ބެލުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ ފޯމުތައް ފުރައި، ކަނޑައެޅިފައިވާ ތާރީޚަށް ނިންމުން.
  14. މުވައްޒަފުންގެ މަސައްކަތު ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކި ޓްރެއިނިންގ، ސެމިނަރ، ވޯކްޝޮޕް ފަދަ ތަންތަނަށް މުވައްޒަފުން ފޮނުވުމުގެ ފުރުޞަތު ހޯދަދިނުމުގެ މަސައްކަތްތައް ކުރުން.
  15. މަސައްކަތުގެ ވަގުތުގައި ޑިއުޓީގައި ތިބޭ އެހެން މުވައްޒަފުންގެ މަސައްކަތްތަކަށްވެސް އެހީތެރިކަންދީ އެކުވެރި މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ބައިވެރިވާ އިޖްތިމާއީ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހަރަކާތްތެރިވުން.
  16. ވަޒީފާގެ މަސްއޫލިއްޔާތާއި ގުޅިގެން ސުޕަވައިޒަރާއި ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  17. ހޮސްޕިޓަލުގެ  ޢާއްމު އުޞޫލުތަކާއި ޤަވާޢިދުތަކަށް މުވައްޒަފުންނާއި، ޢާއްމު އިޙްތިރާމް ކުރުމަށް ބާރުއަޅާ މަސައްކަތް ކުރުމާއި، މަސައްކަތްކުރާ ތަނަކާއި މާހައުލު ސާފުތާހިރުކޮށް ބޭއްވުމުގެ މައްޗަށް ސަމާލުކަންދީގެން މަސައްކަތްކުރުވުން
  18. މަސައްކަތުގައި އިޚްލާޞްތެރިވެ، މަރުކަޒުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ހޮސްޕިޓަލުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ފުރިހަމައަށް ކުރުން.
  19. ޞިއްޙީ އިމަރޖެންސީތަކާއި ، ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް:

  1.  މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

    ނުވަތަ

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

-   އެޑްމިނިސްޓްރޭޝަން

-   މެނޭޖްމެންޓް

ތައުލީމީ ރޮނގުތައް:

- އެޑްމިނިސްޓްރޭޝަން

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް 

- ޕަބްލިކް އެޑްމިނިސްޓްރޭޝަން 

- މެނޭޖްމަންޓް

ޕްރިފަރޑް ޑިސިޕްލިންތައް:

-   ބިޒްނަސް އެޑްމިނިސްޓްރޭޝަން

-   ބިޒްނަސް މެނޭޖްމަންޓް 

-   ޕަބްލިކް އެޑްމިނިސްޓްރޭޝަން 

 

ކޯ ޑިސިޕްލިންތައް:

 ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

1 - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ހޮސްޕިޓަލުގެ އޮފީހުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-

29309c104aa7.docx

2 - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައި ވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އިނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ފާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސްގެ ކޮޕީ.

4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ  ލިޔުން.

5-ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

       (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ  ކޮޕީ.

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 މެއި 15 ވާ ބުރާސްފަތި ދުވަހުގެ 11:30ގެ ކުރިން، މާފުށި ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލް މެދުވެރިކޮށް ހުށަހަޅާނަމަ، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާފަރާތުގެ ނަމާއި މަޤާމު ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ  ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 މެއި 25 ން 2025 ޖޫން 04 އާއި ދެމެދު، ކ.މާފުށި ހޮސްޕިޓަލުގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި މި ހޮސްޕިޓަލުގެ ކޮމިއުނިޓީ  ވައިބަރ ގުރޫޕުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ސަރުކާރު ރަސްމީ ގަޑީގައި 6640410 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓް އުޞޫލު" (http://www.csc.gov.mv/policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

11 މޭ 2025