ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2025/23
ވަޒީފާގެ ފުރުޞަތު
|
|
މަޤާމުގެ ނަން: ސޯޝަލް މީޑިއާ ސްޕެޝަލިސްޓް |
- މުސާރަ (މަހަކު) : -/13,680 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/4,788 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް: -/4,104 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޑިޖިޓަލް މާކެޓިންގ / ސޯޝަލް މީޑިއާ |
ބޭނުންވާ އަދަދު: 1 |
1. ޝަރުޠު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުން (ނުވަތަ)، ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)، ނ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން (ނުވަތަ)، ރ. ޖީސީއީ އޯލެވެލް ފުރިހަމަކުރުމާއެކު މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން. 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓިންގ ޕްލޭން ތައްޔާރުކުރުމާއި، އެޕްލޭން ތަންފީޒްކުރުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކޮށް، އެއަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއްގައި ޕްލޭންތައް މުރާޖައާކުރުން. ށ. ޑިޕާޓްމަންޓް ހެޑްގެ މަޝްވަރާއާއެކު ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ މާކެޓިންގ ޕްލޭނާއި، ސޯޝަލް މީޑިއާ ސްޓްރެޓެޖީ ތައް ތަންފީޒުކޮށް ބެލެހެއްޓުން. ނ. ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ އުފެއްދުންތެރި ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕޭންތައް، ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި (ފޭސްބުކް، ޓްވިޓަރ، އިންސްޓަގްރާމް، ޔޫޓިއުބް، ޓިކްޓޮކް، ލިންކްޑްއިން، ގޫގަލް އެޑްސް އަދި ޕިންޓަރެސްޓް) މާކެޓް ކުރުމަށްޓަކައި އެކުލަވާލުން. ރ. ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ހެންޑަލްތަކުގެ ފޮލޯވަރ ބޭސް އިތުރުކުރުމަށްޓަކައި ބޭނުން ކުރާނެ ޓާގެޓްސް ނުވަތަ އިންޑިކޭޓަރުތައް އެކުލަވާލުން. ބ. ކޮންޓެންޓް ޓީމާ ގުޅިގެން، ސޯޝަލް މީޑިއާ ހެންޑްލްސްތަކުގައި ބޭނުންކުރާނެ ކޮންޓެންޓްތައް ފައިނަލައިޒްކޮށް ޤަވާއިދުން މޮނިޓަރަކޮށް ބެލެހެއްޓުން. ޅ. ސޯޝަލް މީޑިއާ ޓީމް ޤަވާއިދުން ލީޑްކޮށް އޮންބޯރޑްކޮށްގެން އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ދިވެހިރާއްޖެ މެންޝަން ކުރެވޭ ގޮތް ސްކްރީންކުރުމާއި، އަދި އެލިބޭ މަޢުލޫމާތައް ރިޢާޔަތްކޮށް ކުރިއަށްހުރި ނުވަތަ އޭރު ހިނގަމުންދާ ކެމްޕެއިންތައް އެލައިން ކުރުން. ކ. ޝޯޝަލް މީޑިއާގައި ކޯޕަރޭޝަންގެ ދައުރު ބޮޑު ކުރުމަށާއި، އަދި ކަނޑައެޅިފައިވާ އޯޑިއެންސަށް ވާޞިލްވުމަށް ބޭނުންވާ ރިސަރޗްކޮށް އައު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރުން. އ. ސޯޝަލް މީޑިއާ ޓްރެންޑްސްތަކާއި، ބެސްޓް ޕްރެކްޓިސްތަކާއި، ޕްލެޓްފަރަމްސްތަކުގެ އަލްގޮރިތަމްއަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އަދާހަމަކުރުމާއި، އަދި ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އިފެކްޓިވްނެސް އިތުރުކުރުމަށް މަސައްކަތްކުރުން. ވ. މާކެޓިންގ ޓީމްސްތަކާއި ގުޅިގެން، ކޯޕަރޭޝަންގެ އެކްޝަން ޕްލޭންސްއާ އެލައިންވާ ގޮތަށް ތާގެޓެޑް މާކެޓިންގ ކެމްޕެއިންތައް އެކިއެކި މާކެޓްތަކުގައި ކުރިއަށް ގެންދިއުން. މ. ސޯޝަލް މީޑިއާ އެކައުންޓްތައް ހޭންޑްލް ކުރުމަށާއި، އެޑްތައް ރަންކުރުމަށް ހިނގާ ޚަރަދުތައް ޤަވާއިދުން މޮނިޓަރކޮށް ރިވިއުކޮށް އެޕްރޫވް ކުރުމާއި، އަދި މި ޚަރަދުތަކުގެ ROI ކަށަވަރުކުރުން. ފ. ކޯޕަރޭޝަނުން ކުރިއަށް ގެންދާ މިހިއްމު މާކެޓިންގ ހަރަކާތްތައް ސޯޝަލް މީޑިއާގައި ޕްރޮމޯޓްކޮށް، ލައިވް ސޯޝަލް މީޑިއާ ކަވަރޭޖް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ސަޕޯޓް ފޯރުކޮށްދިނުން. ދ. ކޯޕަރޭޝަންގެ އެންމެހާ ސޯޝަލް މީޑިއާ އެކައުންޓްސްތައް މޮނިޓަރަކޮށް ހިންގާ ބެލެހެއްޓުމާއި، ކޮމެންޓްސްތަކާއި، މެސެޖްތައް ޤަވާއިދުން ރިވިއުކޮށް ޖަވާބުދާރީވުމާއި، އަދި ޕޮޒިޓިވް އިންޓަރެކްޝަންސްތައް ޤާއިމުކރުމާއި، އިތުބާރުހިފޭ އޮންލައިން ކޮމިއުނިޓީއެއް ބިނާކުރުމަށް މަސައްކަތް ކުރުން. ތ. ސޯޝަލް މީޑިއާ ކްރައިސިސްތަކާއި، ނެގެޓިވް ކޮމެންޓްސްތައް ޕްރެފެޝަނަލް ކަމާއެކު ވަގުތުން ވަގުތަށް ހޭޑްލްކުރާނެ ގޮތުގެ ސްޓްރެޓެޖީސްތައް އެކުލަވާލައި، ތަންފީޛުކުރުން. ލ. ފަހުގެ ޓްރެންޑްސްތައް ހޯދުމަށް ބޭނުންވާ މާކެޓް ރިސަރޗް ކުރުމާއި، ކޮމްޕެޓިޓަރ އެނަލިސިސް ގެ އަލީގައި ކޯޕަރޭޝަންގެ ސޯޝަލް މީޑިއާ ހަރާކަތްތައް ހަރުދާނާ ކުރަންޖެހޭ ދާއިރާތައް ދަނެގަތުން. ގ. މާކެޓް ރިސަރޗް އަދި މެޓްރިކް އެނަލިސިސް އަށް ފަހު ތައްޔާރުކުރެވޭ ރިޕޯޓުތަކުގައި ފާހަގަކުރެވޭ ކަންކަން ފާހަގަކޮށް އަދި ކުރިއަށްހުރި ކެނމްޕެއިންސްތައް ހަރުދާނާކޮށް، ކޭޕީއައިސް ތައް ހާޞިލްކުރުމަށް ކަންކަން ރާވަންވީ ގޮތުގެ ޙިޔާލައި، މަޝްވަރާ މެނޭޖިންގ ޑިރެކްޓަރ އަދި ހެޑް އޮފް މާކެޓިންގއާ ޙިއްޞާކުރުން. ޏ. ޑިޕާޓްމަންޓުގައި ކުރިއަށް ގެންދާ ސޯޝަލް މީޑިއާ މާކެޓިންގ ހަރަކާތްތަކުގެ އަޕްޑޭޓް މެނޭޖިންގ ޑިރެކްޓަރ އަދި ހެޑް އޮފް މާކެޓިންގއާ ގަވާއިދުން ޙިއްޞާކުރުން. ސ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 15 މެއި 2025 ވަނަ ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
5. އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |