ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2025/43
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 18 މޭ 2025 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ ކަނޑުހުޅުދޫ ހުކުރު މިސްކިތުގޯތި ތެރޭގައި ހުރި ހިނަވާގޭގެ މައްޔިތާ ބާއްވާ އަށި އަމިއްލަ ތަކެތީގައި މަރާމާތް ކޮއްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

ގއ ކަނޑުހުޅުދޫ ހުކުރު މިސްކިތުގޯތި ތެރޭގައި ހުރި ހިނަވާގޭގެ މައްޔިތާ ބާއްވާ އަށި އަމިއްލަ ތަކެތީގައި މަރާމާތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ދެވޭ މައުލޫމާތު

-          މިހާރު ހުރި އަށީ ގެ އިރުމަތީ ފަރާތުން 1 އިންޗި ތިރިކޮށްފައި އަށީގެ ހުޅަނގު ފަރާތް 6 އިންޗިއަށް ތިރިކޮށް ފެންފަހިވާގޮތަށް ހެދުން.

-          އަށީގައި މިހާރު ހުރިކުލައި ގެ ތަށިމުށިޖެހުން 2×2 އަށީގެ ތަޅުމުގެ ތަށިމުށި ނައްޓާއިރު އަށީގެ ދާރައަށް ގެއްލުމެއް ވެއްޖެނަމަ އެތަންމަރާމާތް ކުރުން

-          އަށީގެ ފެންހިންދާ ކަނުގައި 1 ފޫޓުން އަޑިން 2 އިންޗި 3 އިންޗީގެ ރެޑިއުސް ހަރުކޮށް 1 ފޫޓޫ މަތިން 3 އިންޗީގެ ލޯޕްރެޝަރ ހޮޅި ލުން.

 

އަންދާސީ ހިސާބު ހުށަހެޅުން 18 މެއި 2025 13:00ގައި

 

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

-         އަގަށް: %80 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

-         މުއްދަތު: %20

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

07 މޭ 2025