ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2025/40
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 14 މޭ 2025 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ތަކެތި ނުބެހެއްޓުމަށް

                                                    އިޢުލާން

 

ކުރިއަށްއޮތީ 1446 ވަނަ އަހަރުގެ އަޟްހާ ޢީދު ބަންދު ދުވަސްތައް ކަމަށްވެފައި އަޟްހާ ޢީދަކީ ރަށުން ބޭރުން ގިނައަދަދެއްގެ ބަޔަކު ރަށަށްއަރާ ދުވަސްވަރެއްކަމަށްވާއިރު ރަށުގެ މަގުތަކާއި ދުވާރުމަތީގައި ތަކެތި ބަހައްޓާ ހެދުމަކީ ކުޑަހުވަދޫ ފަދަ ތަހުޒީބަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށަކަށްވީހިދު ރައްޔިތުން ކުރަން އެކަށީގެންވާ ކަމެއްނޫންކަން މިދުވަސްވަރަކީ ރަށުންބޭރުން ގިނަ ފަރާތްތަކެއް ރަށަށް ޒިޔާރާތްކުރާ ދުވަސްވަރަކަށް ވާތީވެ، މަގުމައްޗާއި ދުވާރު މަތީގައި ބަހައްޓާފައިވާ އެއްމެހާ ތަކެތި 14 މެއި 2025 ވާ ބުދަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި ނަގާ ނިންމުމަށް ދަންނަވަމެވެ.

އަޟްހާ ޢީދުގައި ވަރަށް ގިނަބަޔަކު ރަށަށް ޒިޔާރަތްކުރާއިރު، ރަށުގެ ސާފް ތާހިރުކަން ފެންނާނީ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވައި މަސައްކަތް ކޮށްދީގެން ކަމުގައި ދަންނަވަމެވެ. އަދި 14 މެއި 2025 ވާ ބުދަދުވަހުގެ ފަހުން މަގުމައްޗާއި ދުވާރުމަތީގައި ކައުންސިލްގެ ހުއްދަ ނުހޯދާ ބަހައްޓާފައިވާ ތަކެތި މިއިދާރާއިން ނަގަމުން ދާނެވާހަކަ ދަންނަވަމެވެ

 އަދި މި ފުރުސަތުގައި، މިފަދަ ކަންކަމުގައި ރައްޔިތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

                          9 ޛުލްޤައިދާ 1446

07 މޭ 2025