ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/1/2015/100
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:55
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މަޖީދީމަގު ހުޅަނގުކޮޅު ބޮޑުތަކުރުފާނުމަގާއި ތާޖުއްދީންހިނގުން އަދި ކަނބާ އައިސާރަނިހިނގުމުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުން

އިޢުލާން

މާލޭގެ ހުޅަނގު ފަރާތުގައި ހެދިގޮނޑުދޮށެއް ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، އެމަސައްކަތް ކުރުމަށްޓަކައި މަޖީދީމަގު ހުޅަނގުކޮޅު ބޮޑުތަކުރުފާނުމަގާއި ތާޖުއްދީންހިނގުން އަދި ކަނބާ އައިސާރަނިހިނގުމުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވަންވީގޮތް އަންގައިދިނުމުގެ ގޮތުން ބަހައްޓާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށާއި ޓްރެފިކް ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ދަންނަވަމެވެ.

            12 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015