މަސައްކަތް
ނަންބަރު: (IUL)113-PD/1/2025/49
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 15:26
ސުންގަޑި: 13 މޭ 2025 11:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެމްޕީއެލް ތިލަފުށީ ޕޯޓްގެ އީ.އައި.އޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާރވޭ އަދި ބަތިމެޓްރީ ސާރވޭ ކޮށްދޭނެ ކޮންސަލްޓެންޓް އެއް ހޯދުމާއި ގުޅޭ.

މި ކުންފުނީގެ ތިލަފުށީ ޕޯޓްގެ އީ.އައި.އޭ، ޖިއޯޓެކްނިކަލް، ހައިޑްރޯ-ސާރވޭ އަދި ބަތިމެޓްރީ ސާރވޭ ކޮށްދޭނެ ކޮންސަލްޓެންޓް އެއް ހޯދުމަށް ކުރެވުނު އިއުލާން ނަމްބަރު (IUL)113-PD/1/2025/38 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ ޢިއުލާން ބާތިލުކޮށް، އަލުން ޢިއުލާން ކުރީމެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

1.

ރަޖިސްޓްރޭޝަން އަދި މައުލޫމާާތު ސާފުކުރުން

 

13 މެއި 2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފިލްކުރުން.

މައުލޫމާތު ބައްދަލުވުން 14 މެއި 2025 ވާ ބުދަ ދުވަހުގެ 11:00 އެމްޕީއެލް ހެޑްއޮފީހުގައި.

(މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓާ ވާ ފަރާތަތަކަށް އެކަންޏެވެ.)

ސައިޓް ވިޒިޓް އޮންނަދުވަހާއި ތަނުގެ މައުލޫމާތު، މައުލޫމާތު ބައްދަލުވުމަށް ހާޒިރުވާ ފަރާތަތަކަށް ހިއްސާކުރެވޭނެއެވެ.

 (މައުލޫމާތު ބައްދަލުވުން އަދި ސައިޓް ވިޒިޓަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

27 މެއި 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039294 އަށެވެ.

07 މޭ 2025