ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)L1-HC-A/L1-HC/2025/1
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 15 މޭ 2025 12:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ކްލިނިކަލް ނާރސް، މަގާމަށް ދިވެހިން ހޯދުމާގުޅޭ

ނަންބަރު:(IUL)L1-HC-A/L1-HC/2025/1

އިޢުލާނު

 

މަޤާމު:

ކްލިނިކަލް ނާރސް

މަޤާމުގެ ނަންބަރު:

J-403663

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް

ރޭންކް 9 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. ފީއަލީ ސިއްޙީމަރުކަޒު / ފ. ފީއަލީ

މަޤާމުގެ އަސާސީ މުސާރަ:

17,932.00 ރުފިޔާ

މަޤާމު އެލަވަންސް:

10,270.00 ރުފިޔާ

ހާޒިރީ އިނާޔަތް:

278.00 ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވޯޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނަރސިންގ ކެއަރ ދެވޭނޭފަދަ އިންތިޒާމްތައް ރާވައި ހިންގުމުގައި އެހީތެރިވެ، ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އިކުއިޕްމަންޓްތައް ބޭނުންކުރެވޭ ޙާލަތުގައި ހުރިތޯ ބެލުން.
  2. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއި އަދި ނަފްސާނީ ފަރުވާދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭންތައް އެހެން ޞިއްޙީ ފަންނުވެރިންނާއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތް ކުރޭތޯ ބަލައި މޮނިޓަރ ކުރުން. 
  3. ބަލިމީހުންނަށް ކެއަރ ދިނުމަށް ހެދިފައިވާ އުޞޫލުތަކާއި ގައިޑްލައިންތަކާއި، ބަލިމީހާއަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ހެދިފައިވާ އިންފެކްޝަން ކޮންޓްރޯލް އަދި ޕޭޝަންޓް ސޭފްޓީ ގައިޑްލައިންސްއާ އެއްގޮތަށް ކެއަރދީ، ކްލިނިކަލް ނަރސް އިންޗާރޖްއާ އެކުގައި މިގޮތަށް ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.
  4. ބަލިމީހާއަށް ފަރުވާދިނުމުގައި ދިމާވެދާނެ ނުރައްކާވާފަދަ ޙާލަތްތައް ކުރިޔަށް ލަފާކުރުމާއި، ދިމާވާ އެމަރޖެންސީތައް ވަގުތުން ކަމާބެހޭ ޞިއްޙީ ފަންނުވެރިންނަށް އެންގުމާއި، އެކުގައި އެފަދަ އެމަރޖެންސީތައް މެނޭޖް ކުރުން.
  5. ޞިއްޙީ ފަންނުވެރިންގެ ލަފާގެމަތިން ބަލިމީހުންނަށްދެވޭ ފަރުވާއާއި ރިހެބިލިޓޭޝަނާ ބެހޭގޮތުން ބަލިމީހާ /ޢާއިލާއަށް މަޢުލޫމާތު ދިނުން.
  6. ކްލިނިކަލް ދާއިރާއިން މުވައްޒަފުންގެ ސްކިލް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންސަރވިސް ޕްރޮޤްރާމްތައް ދެނެގަނެ،ރާވައި ހިންގުމުގައި ކްލިނިކަލް ނަރސް އިންޗާރޖްއަށް އެހީތެރިވުން.
  7. ކްލިނިކަލް ދާއިރާއަށް ތަޖުރިބާ ހޯދަން އަންނަ ދަރިވަރުން މެންޓޮރ ކުރެވޭނެގޮތް ކްލިނިކަލް ނަރސް އިންޗާރޖްއާ އެކުގައި ރާވައި، ހިންގައި، ސުޕަވައިޒް ކުރުން.
  8. ނަރުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ޤާނޫނުތަކާއި، ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް މުވައްޒަފުން ޢަމަލުކުރޭތޯ މޮނިޓަރކޮށް ސުޕަވައިޒްކުރުމަށް އެހީތެރިވެ އެއްބާރުލުން ދިނުން.
  9. ކްލިނިކަލް ދާއިރާގައި ހިނގާ އާދަޔާ ޚިލާފު ޙާދިޞާތައް ބަލައި އެކަންކަމަށް އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އެހީތެރިވުން.
  10. މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް، މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކޮށް ދިމާވާ ދެބަސްވުމާއި ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް އެހީތެރިވުން.
  11. ޤައުމަށް ދިމާވާ ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތްތަކުގައި ޢަމަލުކުރުމަށް ހެދިފައިވާ އުޞޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
  12. ހޮސްޕިޓަލްގެ މިޝަން ހާސިލްކުރުމަށާއި، ނަރުހުންގެ ފަންނު ކުރިއަރުވައި، ދެވޭ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިޔާލު ދިނުމާއި ފޯރުކޮށްދެވޭ ނަރސިންގ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ކޮލިޓީ ހިފެހެއްޓުމަށް ކުރޭވޭ މަސައްކަތްތަކުގައި ވެރިންނަށް އެހީތެރިވެ އެއްބާރުލުން ދިނުން.
  13. ސިއްޙީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  14. ސިއްޙީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސީނިއަރ ރެޖިސްޓަރޑް ނަރސް އެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

  • އެނެސްތެޓިކް ކެއަރ
  • ކްރިޓިކަލް ކެއަރ
  • ނަރސިންގ
  • ނަރސިންގ އެންޑް މިޑްވައިފްރީ
  • ޕީޑިއެޓްރިކްސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ނާސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން

 7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2023  (އިސްލާޙު 1)" ގައި ބަޔާންކޮށްފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15/05/2025 ގެ 12:00 ގެ ކުރިން، ފ. ފީއަލީ ސިއްޙީމަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނ18/05/2025  އާއި 26/05/2025 އާ ދެމެދު، ފ. ފީއަލީ ސިއްޙީމަރުކަޒު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740632 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

" ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2023 (އިސްލާޙު1)" އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.

 

10 ޒުލްޤައިދާ 1446

07 މެއި 2024

07 މޭ 2025