ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2025/47
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 21 މޭ 2025 00:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަންކުރުމަށް ކުރުމުއްދަތައް ދޫކުރެވިފައިވާ ދަނޑުބިންތަކާ ގުޅޭ

ރަށުން ދޫކުރެވިފައިވާ ދަނޑުބިންތަކުގެ އިންވަކިކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ދަނޑާ އިންވެގެން ވާ ހުރިހާ މަގުތަކެއް ( ކައުންސިލުން ބަލަހައްޓާ ރަސްމީ މަގު ނުލައި)  21 މެއި 2025 ގެ ކުރިން ސާފުކޮށްދެއްވުން އެދެމެވެ. މިގޮތުން ދަނޑާ އިންވެގެން މަގެއް ވާނަމަ (ކައުންސިލުން ބަލަހައްޓާ ރަސްމީ މަގު ނުލައި) އެމަގުގެ ދެބައިކުޅަ އެއްބައި ދަނޑުވެރިޔާ ސާފުކުރަންވާނެއެވެ.

  ދަނޑުބިން އެއްބިން އަނެއް ބިމާ ބަދަލުކުރައްވަން ބޭނުންވާ ފަރާތްތަކުން ކައުންސިލަށް ދުރުވެ އެބަދަލު ގެނައުން އެދެމެވެ. އަދި ދަނޑު ބިމަށް އެއްވެސް ބަދަލެއް ނާންނަ ފަރާތްތަކުން ކުރިއެކޭ އެއްގޮތަށް ދަނޑު ހައްދަމުން ގެންދިއުން އެދެމެވެ.

  މި އިއުލާނާއެކު ދަނޑުތަކުގެ ޗާޓް ޢާންމުކުރީމެވެ. އަދި ޗާޓްގައި ފާހަގަކޮށްފައިވާ ދަނޑުބިން އޮތް ސަރަހައްދު ވަކިކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލަށް ދުރުވުމުން ދަނޑު އޮތް ސަރަހައްދު ފާހަގަކޮށްދެވޭނެއެވެ.

07 މޭ 2025