ދިވެހިރާއްޖެ
އިޢުލާން
މި ރަށު "ފީރޯޒް 49" (ނަމޫމާ މަގާއި އިޖުތިމާޢީހިނގުން ގުޅޭ ހިސާބު ހުޅަނގުއުތުރު ކަންމަތީގައިވާ ބިން) ބިމުގައި ކެޔޮގަސް ހައްދާފައިވާކަން ވަނީ މި ކައުންސިލްގެ ސަމާލުކަމަށް އައިސްފައެވެ. ދެންނެވުނު ބިމަކީ ކައުންސިލުން އިޢުލާނުކޮށް، ބިޑް ކުރުމަށްފަހު، ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިމެކެވެ. އެ ބިމުގައި ކެޔޮގަސް ހައްދާފައިހުރުމުގެ ސަބަބުން، ބިން ކުއްޔަށް ނެގި ފަރާތައް މަސައްކަތް ފެށިފައެއް ނުވެއެވެ.
ވީމާ، 12 މެއި 2025 ގެ ކުރިން އެ ބިމުގައި ކެޔޮގަސް ހައްދާފައިވާ ފަރާތް/ފަރާތްތަކުން އެތަކެތި ނެންގެވުން އެދެމެވެ. އަދި ދެންނެވުނު މުއްދަތުގެތެރޭގައި އެ ބިމުގައި ހައްދާފައިވާ ތަކެތި ނުނަގައިފިނަމަ، އިތުރު އެންގުމަކާއިނުލައި އެ ބިމުގައި މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
9 ޛުލްޤަޢިދާ 1446ހ
7 މެއި 2025މ