ބީލަން
ނަންބަރު: (IUL)343/343/2025/18
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 14 މޭ 2025 11:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) އަދި މަސްޖިދުލްއީޘާރި (ކުޑަމިސްކިތް) 2 މިސްކިތުގެ ބައެއްމަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

މި ކައުންސިލުން ބަލަހައްޓާ މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) އާއި މަސްޖިދުލްއީޘާރި (ކުޑަމިސްކިތް) 2 މިސްކިތުގެ ބައެއްމަރާމާތުކުރުމުގެ މަސައްކަތް މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2025 މެއި 14ވާ ބުދަ ދުވަހުގެ 11:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2025 މެއި 14ވާ ބުދަ ދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.

ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ ވަނަވަރު އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 666 0900 ނަންބަރާއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.

07 މޭ 2025