ދިވެހިރާއްޖެ
މިފްކޯ ހެޑް އޮފީސް ގޯތި ތެރޭގައި ހަލާކުވެފައި ހުރި 20 ފޫޓްގެ 02 ރީފާރ ކޮންޓެއިނަރ އަދި 02 އެވަޕަރޭޓަރ ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ.
ނީލަމުގެ ތަފުސީލު
ނީލަން ފެށޭ އަގު: -/2,500 ( ދެހާސް ފައްސަތޭކަ ރުފިޔާ )
މަދުވެގެން އިތުރުކުރެވޭނެ އަގު: -/250 ( ދުއިސައްތަ ފަންސާސް ރުފިޔާ)
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ތަކެތި ބެއްލެވުމަށްފަހު އެ ތަކެއްޗަށް ހުށަހަޅާ އަގު ބަޔާންކޮށް، ސީލްކުރެވިފައިވާ ސިޓީއެއް ނީލަން ފެށުމުގެ ކުރިން ހުށަހަޅަންވާނެއެވެ.
ނީލަން ކުރިއަށްދާނެގޮތުގެ ތަފްޞީލް:
ނީލަމުގައި ބައިވެރިކުމަށް ރަޖިސްޓްރީވުން |
އީމެއިލް މެދުވެރިކޮށް |
07 މެއި 2025 |
މެންދުރު 14:00ގައި |
ނީލަމުގައި ބައިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން |
ޑިޕޮސިޓްގެ ގޮތިގައި 10,000/-ރ ( ދިހަ ހާސް ރުފިޔާ) މިފްކޯގެ ބެންކް އެކައުންޓް ނަންބަރ 7701-101179-005 އަށް ޖަމާކުރުން |
07 މެއި 2025 |
މެންދުރު 14:00 އާއި 16:00 ދެމެދު (16:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާ އެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ). |
ނީލަންކިޔުން |
މިފްކޯ ހެޑް އޮފީސް މީޓިންގ ރޫމް |
08 މެއި 2025 |
ހެނދުނު 11:00ގައި |
ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު އެގްރިމެންޓްގައި ސޮއިކުރާ ތާރީހުން ފެށިގެން 07 ދުވަހުގެ މުއްދަތުގައި ތަކެތި ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ. މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، އެއްބަސްވުން ބާތިލް ކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށްދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
ނީލަން ހުށަހަޅާ އެޑްރެސް : މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް
389 ނަންބަރު ކޮށި / މާފަންނު
ހިލާލީ މަގު / މާލެ