ބީލަން
ނަންބަރު: GS20/IUL/2025/6
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2025
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި:
12 މޭ 2025 00:00
ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހދ.އަތޮޅު މަދަރުސާގެ 2ބުރި ޢިމާރާތުގެ 2 ކުލާސްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މިމަދަރުސާގެ 2ބުރި ޢިމާރާތުގެ 2 ކުލާސްރޫމް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 މެއި 5 ން 2025 މެއި 12 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބިޑް ރަޖިސްޓްރީ ފޯމް ލިންކް: https://forms.gle/81xFTVL911qpiadW9
- މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 13ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2025 މެއި 14ވާ ބުދަ ދުވަހުގެ 11:00ގައި ހދ.އަތޮޅު މަދަރުސާގެ އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ، ވެރިފަރާތުގެ ސިޓީ އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 މެއި 21 ވާ ބުދަ ދުވަހުގެ13:00ގައި ހދ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހދ. އަތޮޅު މަދަރުސާ
ހދ. ވައިކަރަދޫ، ދިވެހިރާއްޖެ
ފޯން: 6520056
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
05 މޭ 2025