ކުއްޔަށް ދިނުން
ނަންބަރު: (IUL)283-PS/283/2025/23
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި:
11 މޭ 2025 13:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރޕޯޓް ސަރަޙައްދުން ހޮޓެލް، ރެސްޓޯރެންޓް އެޅުމަށް ބިން ދޫކުރުން
- އެއަރޕޯޓް ސަރަޙައްދުން ހޮޓެލް، ރެސްޓޯރެންޓް ހެދުމަށްޓަކައި ދޫކުރުމަށް ކަނޑައަޅާފައިވާ ބިން 20 އަހަރުގެ މުއްދަތައް ބިޑް އުޞޫލުން ދޫކުރުމަށް ގަޞްދުކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުމަށް [email protected] އަށް 2025 މެއި 11 ވާ އާދިއްތަދުވަހުގެ 13:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވަން ހުށައަޅުއްވާފަރާތްތަކުން 300/-ރ (ތިންސަތޭކަ ރުފިޔާ) 7724700306001 (ރެވެނިއު1) ޖަމާކުރައްވާ ސްލިޕް މަތީގައި ބަޔާންކުރެވިފައިވާ މެއިލްއަށް ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބިލެއްވުމުންނެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 މެއި 15ވާ ބުރާސްފަތި 13:30 ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ/ ޗާންދަނީމަގު، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6541009
އީމެއިލް: [email protected]
05 މޭ 2025