ދިވެހިރާއްޖެ
މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސުކޫލުގެ 3 ބުރި އިމާރާތުގެ ކޮމްޕިއުޓަރލެބްއާއިދިމާލުން ފުރާޅާއި ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، ސްކޫލްގެ އިދާރީ އޮފީހަށްވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްސީލު  | 
 ތާރީޚް  | 
 ގަޑި  | 
| 
 މައުލޫމާތު ސާފުކުރުން  | 
 08 މެއި 2025 (ބުރާސްފަތި)  | 
 10:00  | 
| 
 އަންދާސީ ހިސާބު ހުށައެޅުއްވުން  | 
 12 މެއި 2025 (ހޯމަ)  | 
 10:00  | 
އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމާތުސާފުކުރުމަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް އެކަނިކަމުގައިވެސް ދަންނަވަމެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780015 އާ ގުޅުއްވުން އެދެމެވެ.