މަސައްކަތް
ނަންބަރު: GS197/IUL/2025/09
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 12 މޭ 2025 13:00
ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސްޓާފް 02 ފާޚާނާ އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ސްޓާފް 02 ފާޚާނާ އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިސުކޫލުގެ މުވައްޒަފުން ބޭނުންކުރުމަށް 2 ފާޚާނާ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: GS197/IUL/2025/06 (14 އޭޕްރީލް 2025) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް އަގުބޮޑު ކަމަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި،ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުން:    12 މެއި 2025 (13:00)

ބީލަން ހުށަހެޅުން:       19 މެއި 2025 (13:00)

މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 2025 މެއި 18 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކަނޑުހުޅުދޫ ސްކޫލް

ގއ ކަނޑުހުޅުދޫ / ދިވެހިރާއްޖެ

ފޯން: 7983078

އީ-މެއިލް: [email protected]

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 މޭ 2025