ދިވެހިރާއްޖެ
އެސްޓީއޯގެ ސ. މަރަދޫފޭދޫ ފިހާރައިގައި އޮތް ބައު އެއްގަމު އުޅަނދެއް ނީލަމުގައި ވިއްކާލުމާބެހޭ
އެސްޓީއޯގެ ސ. މަރަދޫފޭދޫ ފިހާރައިގައި އޮތް ބައު އެއްގަމު އުޅަނދެއް ނީލަމުގައި ވިއްކާލުމަށް ކުރެވުނު ދެ އިޢުލާން (ނަންބަރު: ADM/CP/2025/134 އަދި ADM/CP/2025/154) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން ނީލަމުގައި މިއުޅަނދު ވިއްކާލުމަށް އިއުލާން ކުރަމެވެ.
ވީމާ މިއުޅަނދު ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އެސްޓީއޯ ސ. ގަން ވޭރަގަން  | 
 11 މެއި 2025/ގަޑި،10:00  | 
| 
 އަގުހުށަހެޅުން  | 
 އެސްޓީއޯ ސ. މަރަދޫފޭދޫ ފިހާރަ  | 
 12 މެއި 2025/ގަޑި،10:00  | 
| 
 ނީލަން ފެށޭ އަގު  | 
 25000.00ރ (ފަންސަވިސްހާސް ރުފިޔާ)  | 
|
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުށް ބިލް ހަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރު:9993005