ދިވެހިރާއްޖެ
އިޢުލާން
ނީލަން ކިޔުމާއި ގުޅޭ
މި އިދާރާގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތި ނީލަން ކިޔުމަށް ބޭނުންވެއެވެ. މިތަކެތި ނީލަން ކިޔުން 09 މެއި 2025 ވާ ހުކުރު ދުވަހުގެ ހަވީރު އޮންނާނެ ވާހަކަ ދަންނަވަމެވެ. މިތަކެތީގެ ނީލަން ފެށޭނީ ކައުންސިލް އިދާރާ ކުރިމަތީގައި ހުރި ނީލަން ކިޔުމަށް ހަމަޖެހިފައިވާ ރުއްގަހުގެ ނީލަން ނިންމުމަށްފަހު ކަމުގައި ދަންނަވަމެވެ. މި ރުއްގަހުގެ ނީލަން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައި ކަމުގައި ދަންނަވަމެވެ.
މިހެންކަމުން މިނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބައު އިންޖީނުގެ ގޯތިތެރެއަށް ޙާޟިރުވެދެއްވުން އެދި ދަންނަވަމެވެ. އަދި މި ނީލަމުން ނަންގަވާ ތަކެއްޗަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެއެވެ. ފައިސާ ދައްކާ ނުގެންގޮސް ހުންނަ ތަކެތި، އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި މި އިއުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ޢާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
06 ޛުލްޤަޢިދާ 1446