މުބާރާތް
ނަންބަރު: (IUL)419-CAA/419/2025/49
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2025
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 11 މޭ 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ "ހޭންޑް ބޯލް ޓޯނަމެންޓް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލުން

އ.ތ.މ ކޮމިޓީގެ "ހޭންޑް ބޯލް ޓޯނަމެންޓް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލުން

ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ކުރުވުމާއެކު، މުބަރާތުގައި ބައިވެރިވެފައިވަނީ މަދު ޓީމްތަކެކެވެ. މިޓީމްތަކާއެކު މުބާރާތް ކުރިޔަށްގެންދެވެން އޮތް ނަމަވެސް، މުބާރާތުގެ ފޯރި އިތުރުކޮށް، ގިނަ ޓީމްތަކުން މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި އަނެއްކާވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުބާރަތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 20 ވާ ހުކުރު ދުވަހުގައެވެ. ވީމާ، މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2025 މެއި 11 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޓީމް ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 2025 މެއި 25 ވާ އާދިއްތަ ދުވަހުގެ 13:00 އެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާންމުކުރި ވާހަކަވެސް ދެންނެވީމެވެ.

ޓީމް ރެޖިސްޓްރޭޝަން ފޯމް އަދި ޓީމް ލިސްޓް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށްފަހު އިދާރާއަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ އެޓީމެއްގެ ޒިންމާއެކެވެ. ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 މޭ 2025