މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2025/110
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2025
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 13 މޭ 2025 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މެމޮގްރަފީ ގައިޑްލައިން ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް

    އިޢުލާން

 

މެމޮގްރަފީ ގައިޑްލައިން ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 04 މެއި 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 13 މެއި 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 މެއި 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަސް 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 މެއި 2025 ވާ ބުރާސްފަތި ދުވަހު މެންދުރުފަސް 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

        06 ދުލްޤަޢިދާ 1446ހ.

04 މޭ 2025