ބީލަން
ނަންބަރު: (IUL)310-CA/310/2025/25
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 15 މޭ 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓްމެނޭޖްމަންޓް ސެންޓަރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިއުލާން)

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނު ނަމްބަރު  (IUL)310-CA/310/2025/22 (09 އޭޕްރީލް 2025)  އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އެފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

06 މެއި 2025

11:00

ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

06 މެއި 2025

14:00

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން

15 މެއި 2025

11:00

 

އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

               

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

06 ޛުލްޤައިދާ 1446

04  މެއި  2025

04 މޭ 2025