ބީލަން
ނަންބަރު: (IUL)459-PL/459/2025/24
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:15
ސުންގަޑި: 13 މޭ 2025 00:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް "އިފެކްޓިވް ކަސްޓަމަރ އިންޓަރެކްޝަން އެންޑް ހެންޑްލިން ސެންސިޓިވް ސޯޝަލް ސަރވިސް ކޯލްސްގެ" ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ސެޝަންތައް ކުރިއަށްގެންދިއުމަށް ފެސިލިޓޭޓަރ އެއް ހޯދުމަށް ބޭނުންވެއްޖެ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

  1. މި މިނިސްޓްރީގެ ކޯލް ސެންޓަރގެ މުވައްޒަފުންނަށް "އިފެކްޓިވް ކަސްޓަމަރ އިންޓަރެކްޝަން އެންޑް ހެންޑްލިން ސެންސިޓިވް ސޯޝަލް ސަރވިސް ކޯލްސްގެ" ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ސެޝަންތައް ކުރިއަށްގެންދިއުމަށް ފެސިލިޓޭޓަރ އެއް ހޯދަން އިޢުލާން ކުރަމެވެ.
  2. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓު އަދި ޓީއޯއާރްގައި ބަޔާންކުރެވިފައިވާނެއެވެ.
  3. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މެއި 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ  ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  4. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން  2025 މެއި 07 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

eportal.msfd.gov.mv

މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްފަހު ކުރިމަތިލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ. އަދި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

5. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

6. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

7. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 މެއި 13 ވާ އަންގާރަ ދުވަހުގެ 10:00 ގައެވެ.  

8. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މި ވުޒާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ޕްރޮކިއުމަންޓް ސެކްޝަން،

    އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

    ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ

    ފޯން ނަންބަރު: +960 3013017

    އީމެއިލް:   [email protected]

    ކޮޕީ: [email protected]

 

04 މޭ 2025