ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-H/10/2025/61
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2025
ޕަބްލިޝްކުރި ގަޑި: 18:27
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ

އިޢުލާނު

ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ

މިމިނިސްޓްރީގެ ނަންބަރ: (IUL)10-F/1/2016/12 (09 ސެޕްޓެމްބަރ 2016) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

ޤާނޫނު ނަންބަރ: 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއްކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، އިސްވެ ދެންނެވެނު މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި ތިރީގައި މިދަންނަވާ ތަންތަން ކަނޑައަޅާ އިޢުލާނު ކުރަމެވެ.

  1. ހެންވޭރު ކާނިވާ ސަރަހައްދު
  2. ރަސްފަންނު ސަރަހައްދު
  3. މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
  4. އުސްފަސްގަނޑު ސަރަހައްދު

04 ޛުލްޤައިދާ 1446

02 މޭ 2025