ތަމްރީނު
ނަންބަރު: (IUL)269/269/2025/27
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 22:42
ސުންގަޑި: 08 މޭ 2025 12:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމިކަމުގެ ސެޓްފިކެޓް 2 ކޯހުގައި ބައިވެރިވުމަށް ހުޅުވާލުން

            މިކައުންސިލާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރ ސިޓީގެ "ސެޓަރ ފޮރ މެރިޓައިމް ސްޓަޑީޒް" އާއި ގުޅިގެން ނިޔަމިކަމުގެ ސެޓްފިކެޓް 2 ވައިކަރަދޫގައި ހިންގުމުގެ ފުރުސަތު މިކައުންސިލަށްވަނީ ލިބިފައެވެ. މިކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 މެއި 2025 އިން 22 މެއި 2025 އަށެވެ. ކޯހާ ގުޅޭ ތަފްސީލްތައް ތިރީގައި މިވަނީ އެވެ.

 

ކޯހުގެ ނަން:

ނިޔަމިކަމުގެ ސެޓްފިކެޓް 2

މުއްދަތު:

30 ގަޑިއިރު (ކޮންޓެންޓް) 18 މެއި 2025 އިން 22 މެއި 2025 އަށް

ޝަރުތު:

ދިވެހިބަހުން ލިޔަން ކިޔަން އެނގުން އަދި އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން އެނގުން

ޖުމްލަފީ:

ދަރިވަރަކަށް 1300.00  ތޭރަސަތޭކަ ރުފިޔާ (ކޯސްފީ 1200.00 ރުފިޔާ އަދި ކޮޕީ ޗާޓް:100.00 ރުފިޔާ)

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން:

އައިޑީކާޑުގެ ދެފުށުގެ ކޮޕީ، އަދި 18 އަހަރުން ދަށުގެ ފަރާތެއް ނަމަ ބެލެނިވެރިޔާގެ އިޢުތިރާޒް ނެތްކަމުގެ ލިޔުން

ބައިވެރީންގެ ޢަދަދު:

30    ( ކޯސް ބޭއްވޭނީ މަދުވެގެން 15 ބައިވެރިން ލިބިއްޖެ ނަމައެވެ.)

           ވީމާ މަތީގައި ދެންނެވިފައިވާ ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2025 މެއި 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމު ހުށަހެޅުއްވުމަށް ފަހު ކޯސްފީ (1300.00 ރުފިޔާ) ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 7706700278004 (1307 ޚަރަދު 2) އަށް ޓްރާންސްފަރ ކުރެއްވުމަށްފަހު 7540046 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ރިމާރކްސްގައި، ބައިވެރިވާ ފަރާތުގެ ނަމާއެކު ނިޔަމި ކޯހުގެ ފީ ކަން އެނގޭނެހެން ލިޔުއްވުން އެދެމެވެ.

           ކޯސް ކުރިއަށް ގެންދެވޭނީ ހުރިހާ ބައިވެރީންގެ ކޯސް ފީއާއި ފޯމްތައް ލިބި ރެޖިސްޓްރީ ވުމަށް ފަހުގައި ކަމަށް ވާތީ ސުންގަޑި ހަމަވުމުގެ ކުރިން އެކަންކަން ފުރިހަމަކުރެއްވުމަށް ހަނދުމަފުޅުކޮށްއަރުވަމެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފޯމް މިކައުންސިލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

30 އެޕްރީލް 2025