ދިވެހިރާއްޖެ
ޕްރޮގްރާމް |
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް |
ޖާގައިގެ އަދަދު: 15
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 1 ވަނަ އިންޓޭކް ( މޭ 2025 ) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 30 އެޕްރީލު 2025 ދުވަހުން ފެށިގެން 15 މޭ 2025 ވާ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި އިންޓޭކްގައި ފުރުސަތު ދެވޭނީ 15 ފަރާތަކަށެވެ.
އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:
- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
- ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން
ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ (މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓެޑް ކޮށްފައި)
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ކޮޕީ.
- ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ
- ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
ޕްރޮގްރާމަށް ހޮވޭ ފަރާތަތްތަކުން، ޕްރޮގްރާމް ފެށުމުގެ ކުރިން، ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭނެ ގޮތްތައް:
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
Internship Application form.pdf
ޕްރޮގްރާމަށް އެދި ފޯމު ހުށަހަޅާނެ ގޮތް:
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މެޑިކަލް އިންޓަރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު 15 މޭ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އެޑްމިން އޮފީހަށް ހުށަހެޅުމަށް އެދެމެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން ފޮނުވާނަމަ، [email protected] އީމެއިލް މެދުވެރިކޮށް ފޯމު ބަލައިގަނެވޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށެވެ.
(ނޯޓް: ފުރިހަމަކޮށްފައިވާ ފޯމު އީމެއިލްގެ ޒަރިއްޔާއިން ފޮނުވާއިރު އެޕްލިކޭޝަން ފޯމާއި އެކު ހުރިހާ ލިޔެކިޔުންތަށް އެއް ޕީ.ޑީ.އެފް ފައިލްއެއްގައި ހިމެނުމަށް ދަންނަވަމެވެ.)
ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނެ ގޮތް
އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6885045 ފޯން ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.