ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމު (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ހުޅުވައިލުން
ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމު (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
- އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތެއް ކަމުގައިވުން (އުމުރުން 16 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިވާން އެދޭނަމަ، އެ ކުއްޖަކު މި ޚިދުމަތުގައި ބައިވެރިވުމާމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއްނެތް ކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ).
- ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ޚިދުމަތްކުރެވޭނެފަދަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވުން (ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިކުރެވޭ ފަރާތްތައް ހޮވާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެޑިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހުގައެވެ).
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދެވޭނެއެވެ. އަދި ޕުރޮގުރާމުގެ ދަށުން ތަމްރީނު ފުރިހަމަ ކުރުމަށްފަހު، ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުޞަތު ދެވޭނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު އީމޭލު މެދުވެރިކޮށް ނުވަތަ މި ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. އީމޭލު މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، applyfor.[email protected] އަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖޫން 1 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 3035830 ނަންބަރު ފޯނަށެވެ.
02 ޛުލްޤަޢިދާ 1446
30 އެޕްރީލް 2025