ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (I)288/2025/046
                    ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
                    ޕަބްލިޝްކުރި ގަޑި:  21:53
                    
                މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކުޑަފަރި ޖަމާއަތުގެ ޤުރުޢާން ކިޔެވުމުގެ މުބާރާތް
                                ކައުންސިލާއި އ.ތ.މ ކޮމިޓީ އާއި ރަށުގެ އެންމެހާ މުއައްސަސާތައް ގުޅިގެން މިރަށުގެ ސްކޫލުގެ ދަރިވަރުންނަށާއި މި ކޮމިއުނިޓީގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށް އަމާޒުކޮށް ބޭވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 2025 މެއި 02 ވާ ހުކުރު ދުވަހުގެ ހެނދުނު 08:30 ގައި ޔޫތު ސެންޓަރުގައެވެ.
ވީމާ، މުބާރާތުގައި ބައިވެރިވެފައިވާ ދަރިވަރުން އަދި އާއްމު ފަރާތްތަކުން ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ތާވަލާއި އެއްގޮތަށް މުބާރާތުގައި ކިޔެވުމަށް ތައްޔާރުވެގެން ތިބުމަށް އެދެމެވެ.
ކުޑަފަރި ޖަމާއަތުގެ ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް އަދި މުބާރާތުގެ ބައިވެރިން ކިޔެވުން އަޑުއެއްސެވުމަށް ކުޑަފައި ޖަމާއަތު އެންމެހާ ފަރުދުންނަށް ދައުވަތު އަރުވަމެވެ.
                30 އެޕްރީލް 2025