ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)7-ADMN/1/2025/58
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 17:56
ސުންގަޑި: 22 މޭ 2025 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ މުވައްޒަފުންގެ ޓީޝާޓް ފަހާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުން ދޭ ނަމޫނާއާ އެއްގޮތަށް މި އޮފީހުގެ މުވައްޒަފުންގެ ޓީޝާޓް ފަހާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ބީލަން ރަޖިސްޓްރީ ކުރެއްވުމަށް 12 މޭ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ރަޖިސްޓްރޭޝަން ފޯމް [email protected] މެދުވެރިކޮށް ހުށަހެޅުއްވުމަށް އެދެމެވެ. އަދި މި އޮފީހަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށް އެދޭ ފަރާތްތަކުން 12 މޭ 2025 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 14:00 ދެމެދުގެ ވަގުތެއްގައި ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެން  ފޯމް ހުށަހެޅުއްވުމަށް އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. 

ބީލަމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް 12 މޭ 2025 ވާ ހޯމަ ދުވަހުގެ 14:00 އަށް ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ހުށަހެޅުން އޮންނާނީ 22 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި، ސްޓަރ ކުލައުޑްގެ 1 ވަނަ ފަންގިފިލާގައެވެ.   ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހުގެ 14:00 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

30 އެޕްރީލް 2025