ނީލަން
ނަންބަރު: ADM/CP/2025/178
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 06 މޭ 2025 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން 

           އެސްޓީއޯގައި ބޭނުންކޮށްފައިވާ މާކިއުރީ (ސީޕްރޯ 300) ހޯސްޕަވަރގެ އައުޓްބޯޑް 2 އިންޖީން ނީލަމުގައި ވިއްކާލަން އިއުލާން ނަމްބަރ: ADM/CP/2025/169  އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އަލުން ނީލަމުގައި މިއިންޖީންތައް ވިއްކާލުމަށް އިއުލާން ކުރަމެވެ.

ވީމާ އިންޖީނުތައް ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 6 މެއި 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މާލެ 1 ނަންބަރު ޖެޓީއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

ކ. ފުނަދޫ

6 މެއި 2025/ގަޑި،10:00

އަގުހުށަހެޅުން

އެސްޓީއޯ ޓުރޭޑްސެންޓަރ، ފަންގިފިލާ 3

7 މެއި 2025/ގަޑި،10:00

ނީލަން ފެށޭ އަގު

300,000.00ރ (ތިންލައްކަ ރުފިޔާ)

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ބިލް ހަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރު:9782171 

30 އެޕްރީލް 2025