ބީލަން
ނަންބަރު: (IUL)260-CA/260/2025/61
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 03 މޭ 2025 23:59
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫގައި އަޟްޙާ ޢީދު ކުޅިވަރުތައް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވާ މުއްދަތު އިތުރު ކުރުން

މި އިދާރާގެ އިޢުލާން ނަންބަރު (IUL)260-CA/260/2025/53 ( 23 އޭޕްރީލް 2025 ) އާއި ގުޅިގެން ނައިވާދޫގައި އަޟްޙާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި ޢީދުކުޅިވަރުތައް ރާވާ ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ރަޖިސްޓްރީވުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ޢީދު ކުޅިވަރު ހަރަކާތްތައް ރާވާ ހިންގުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ކަންތައްތަކާއި، ޕްރޮޕޯސަލް އިވަލުއޭޓްކުރުމުގައި ބަލާނެ މިންގަނޑު މި ޢިއުލާނާއެކު އެއްކަރުދާސްކޮށް އިއުލާންކުރަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 މެއި 03 ވާ ހޮނިހިރު ދުވަހުގެ ރޭ 23:59 ގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމަށްފަހު، 2025 މެއި 08 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ނައިވާދޫ ކައުންސިލް އިދާރާގެ މީޓީން ރޫމަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. 

30 އެޕްރީލް 2025