ބީލަން
ނަންބަރު: (IUL)22-PU/22/2025/80
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 08 މޭ 2025 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހި ބައެއް ފްލެޓްތަކުގެ މަރާމާތު މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެދުރުވެހި ބައެއް ފްލެޓްތަކުގެ މަރާމާތު މަސައްކަތް:

1. އެދުރުވެހި ބައެއް ފްލެޓްތަކުގެ މަރާމާތު މަސައްކަތް ކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 އެޕްރީލް 30 ން 2025 މޭ 08 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

4. މި ބީލަމާ ގުޅޭގޮތުން ސައިޓް އިންސްޕެކްޝަން ކުރިއަށްދާނީ 2025 މޭ 10ވާ  ހޮނިހިރު  ދުވަހުގެ  13:00 ގައި އެދުރުވެހި ފްލެޓް (ވިލިމާލެ) ގައެވެ.

5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މޭ 10 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

6. ބީލަން ހުޅުވުން އޮންނާނީ 2025 މޭ 13 ވަނަ ދުވަހުގެ 10:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 03 ގައެވެ.

7. މިޕްރޮކިއުމަންޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި /-6000ރ. (ހަހާސް ދިވެހިރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

8. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv  އިން 2025 އެޕްރީލް 30 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

9. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:3341436,3341460

އީ-މެއިލް: [email protected]

ކޮޕީ-މެއިލް:  [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

30 އެޕްރީލް 2025