ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2025/60
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 04 މޭ 2025 14:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާ އާއި ގުޅޭ

      ސަރުކާރުގެ ކުންފުނިތަކުން ފެނާއި ނަރުދަމާ ހިންގާ ބަލަހައްޓާ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޤާނޫނު ނަމްބަރު 08/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) އާއި ފެނާއި ނަރުދަމާގެ އެކިއެކި ކަންކަމުގައި އަމަލު ކުރުމަށް މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކަށް އަމަލު ކުރަމުން ނުދާތީ ، ފެނާއި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދީ މި ނިޒާމް ހިންގާ ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވުމާއި ، ބޮޑެތި ޚަރަދުތައް ކުރަންޖެހޭކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ ފާހަގަ ކުރައްވާފައެވެ.

     މިގޮތުން ދިޔަދޮވިން ފައިބާ ފެން ނަރުދަމާ ނިޒާމަށް ގުޅުމާއި ، ހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގައި އޮއިލް ޓްރެޕް ބަހައްޓާފައި ނެތުމާއި  ކަނޑައަޅާފައިވާ މިންގަޑާއި އެއްގޮތަށް އޮއިލް ޓްރެޕް ހަދާފައި ނުހުރުމުގެ ސަބަބުން ނަރުދަމާ ނިޒާމުގެ ހޮޅި ބެދިގެން ރަށުތެރެއަށް ނަޖިސްބޭރުވުމާއި ، ބޯކޮށް ވާރޭވެހޭ ދުވަސް ދުވަހު ނަރުދަމާ ނިޒާމް އެއްކޮށް އޯވަރ ފްލޯވެ ޕަންޕްތަކުގެ ލޯޑް ބޮޑުވެ ޕަންޕްތައް ހަލާކުވުން ފަދަ މައްސަލަތައް ދިމާވަމުން އަންނަކަން ވަނީ ފާހަގަ ކުރައްވާފައެވެ.

     ވީމާ، ދެންނެވިފައިވާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި މިކަންކަން އިސްލާޙް ކުރުމުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވައި މިހާރު މިގޮތަށް ހުރިތަންތަން ރަގަޅުކޮށްދެއްވުމަށް ރައްޔިތުންނަށް އަންގާ ނަސޭހަތްތެރިވަމެވެ.

     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.      

30 އެޕްރީލް 2025