ދިވެހިރާއްޖެ
2028 ވަނަ އަހަރު ލޮސް އެންޖެލެސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއަށް އެތުލީޓުން ތައްޔާރުކުރުމުގެ ގޮތުން، 1 ސެޕްޓެމްބަރ 2025 އިން 31 ޖުލައި 2028 އަށް 6 އެތުލީޓުންނަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރުޞަތުގައި 3 އަންހެން އަދި 3 ފިރިހެން އެތުލީޓުން ހޮވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ ނިންމާފައެވެ.
އެގޮތުން މި ފުރުޞަތުގައި އޮލިމްޕިކްސް – އެލް.އޭ 2028 ސްކޮލަރޝިޕްއަށް، ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަނިވި މަޢުލޫމާތު 07 މެއި 2025 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
- އެތުލީޓުގެ ތަފްޞީލީ ވަނަވަރު
- އެތުލީޓު މިހާތަނަށް ޙާޞިލްކޮށްފައިވާ ކާމިޔާބީތަކުގެ ތަފްޞީލު
- ތިޔަފަރާތުން އޮލިމްޕިކް 2028 އަށް އަމާޒުކޮށް ޕްލޭނެއް ތައްޔާރުކޮށްފައިވާނަމަ އެކަމުގެ ތަފްޞީލު
ނޯޓް: އެލް.އޭ 2028 ސްކޮލަރޝިޕްއަށް، ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު 1 އަންހެން އަދި 1 ފިރިހެން އެތުލީޓެއްގެ ތަފްޞީލީ ވަނަވަރު މި އެސޯސިއޭޝަންގެ ފަރާތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ހުށަހަޅާނެ ވާހަކަ ދެންނެވީމެވެ.