ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2025/54
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 08 މޭ 2025 13:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚަތީބުން ތަމްރީންކުރުމާއިބެހޭ

ޚަތީބުން ތަމްރީންކުރުމާއިބެހޭ

                  މި ރަށުގެ ޒުވާނުންނަށް ޙާއްސަކޮށްގެން ޒުވާން ޚަތީބުންނާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް މި ކައުންސިލްއިން ވަނީ ނިންމާފައެވެ. އެގޮތުން 9 އަހަރާއި 30 އަހަރާއި ދެމެދުގެ ކުދިންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

                ވީމާ، ޒުވާން ޚަތީބުންގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިޔުންތައް ހުށަހަޅާ މިކައުންސިލްގެ އިދާރާގައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ތަކެތި

¬    އައިޑީކާޑްގެ ސާފު ކޮޕީ

¬    ސުކޫލުގައި އުޅޭނަމަ ބެލެނިވެރިޔާގެ ލިޔުން

 

               މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

30 އެޕްރީލް 2025