ދިވެހިރާއްޖެ
ސ. އަތޮޅު މަދަރުސާގެ އޮފީސް އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާން ނަންބަރ:GS16/IUL/2025/10 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 އެޕްރީލް 2025 ން 07 މޭއި 2025 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް އީމެއިލް މެދުވެރިކޮށް ނަން ނޯޓުކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބެލުމަށް ބޭނުންފުޅުވާ ފަރާތްތަކުން 06 މޭއި 2025 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އަށް މި މަދަރުސާގެ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 15 މޭއި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:45 ގައި ސ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ.
މި ބީލަމާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެ އެވެ.
ސ.އަތޮޅު މަދަރުސާ
ފޯން ނަންބަރ:6895679
އީމެއިލް އެޑްރެސް:[email protected]