މަސައްކަތް
ނަންބަރު: (IUL)427-OPR/1/2025/14
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 13 މޭ 2025 10:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
"މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑްސް" އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

 

މި ކޮމިޝަނުގެ ނަންބަރު:(IUL)427-OPR/1/2025/13  (28  އެޕްރީލް 2025) އިޢުލާނަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.

 

"މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑްސް" އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވަމުންގެންދާ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2024" ބޭއްވުމުގެ ހުރިހާ އިންތިޒާމެއް އަމިއްލަ ޚަރަދުގައި ރާވައި ހިންގައިދޭނެ ފަރާތެއް (އިވެންޓް އޯގަނައިޒަރ) ހޯދުމަށް ބޭނުންވެއެވެ.  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ  މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި  ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މިއިޢުލާނާ ގުޅޭ މަޢުލޫމާތު  ކަރުދާސް  މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ތަކެތި

  1. މަސައްކަތްކުރުމަށް ޝައުގުވެރިވާކަން ފާޅުކޮށް ހުށަހަޅާ ލެޓަރ އޮފް އިންޓެންޓް.
  2. ވަޑައިގަންނަވާ ފަރާތުގެ މައުލޫމާތު ނުވަތަ ޕްރޮފައިލް.
  3. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ.
  4. ލިބިފައިވާ ތަޖުރިބާ އާއި ގުޅުންހުރި ލިޔުންތައް.
  5. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ލިޔުމުގެ ކޮޕީ/ ޖީ.އެސް.ޓީ ރަޖިސްޓަރ ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ. 

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

10:00

އާދިއްތަ

   04 މޭ 2025

މަޢުލޫމާތު ސާފުކުރުން

10:00

އަންގާރަ

   13 މޭ 2025

އަންދާސީ ހިސާބު ހުށަހެޅުން

އީމެއިލް: [email protected] / [email protected]

3334332 / 3334318

 

އިތުރު މަޢުލޫމާތު  ސާފުކުރެއްވުމަށް

30 އެޕްރީލް 2025