ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނަންބަރު 30CD2lCIR/2025/6 09 އެޕްރީލް 2025ގެ ސާކިއުލަރއިން އެ މިނިސްޓްރީގެ ޤަވާއިދު ނަންބަރު 2025/R-3 ( ހުއިފިލަނޑާ މަސްވެރިކަން ރާވައި ، ހިންގައި ، ބެލެހެއްޓުމާއިބެހޭ ގަވާއިދު އަދި 2025/R-4 ( ފަރުމަހުގެ މަސްވެރިކަން ރާވައި ، ހިންގައި ބެލެހެއްޓުމުގެ ގަވާއިދު ) ގެ ދަށުން މި ދެ ގަވާއިދަށް އަމަލުކުރަން ފަށާތާ 03 (ތިނެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން އަންނަނިވި ފަރާތްތަކުން ލައިސަންސް ނަގަންޖެހޭ ކަމުގައި ވަނީ ކަނޑައަޅާފައެވެ.
(1) ވިޔަފާރީގެ ބޭނުމަށް ހުއިފިލަނޑާ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
(2) ވިޔަފާރީގެ ބޭނުމަށް ހުއިފިލަނޑާ ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ތަންތަން؛
(3) ވިޔަފާރީގެ ބޭނުމަށް ފަރުމަހުގެ މަސްވެރިކަންކުރާ އުޅަނދުފަހަރު؛
(4) ވިޔަފާރީގެ ބޭނުމަށް ނުވަތަ އެކްސްޕޯރޓްކުރުމަށް ފަރުމަސް ޕްރޮސެސްކުރުމުގައްޔާއި ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި އުޅަނދުފަހަރާއި ތަންތަން؛
(5) އެކްސްޕޯޓުކުރާ ފަރާތްތަކަށާއި ރިސޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފަރުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތައް ނުވަތަ ކުންފުނިތައް ނުވަތަ ކަލެކްޓަރ އުޅަނދުތައް.
އެ ސާކިއުލަރ ގައި ބަޔާންކޮށްފައިވާ ލައިސަންސްތަކުގެ ފީ ތިރީގައި އެވަނީއެވެ.
ލައިސަންސްގެ ބާވަތް |
ލައިސަންސްގެ މުއްދަތު |
ފީ (ރުފިޔާ) |
ހުއިފިލަނޑާ މަސްވެރިކަންކުރާ އުޅަނދުތައް |
24 މަސްދުވަސް |
-/200 ރުފިޔާ |
ހުއިފިލަނޑާ ހަމައެކަނި ސީރާކުރާ ފަރާތްތައް |
24 މަސްދުވަސް |
-/100 ރުފިޔާ |
ސީރާކުރުމުގެ އިތުރުން އެހެންގޮތަކަށް ހުއިފިލަނޑާ ޕްރޮސެސްކުރާ ފަރާތްތައް |
24 މަސްދުވަސް |
-/300 ރުފިޔާ |
ފަރުމަހުގެ މަސްވެރިކަންކުރާ އުޅަނދުތައް |
24 މަސްދުވަސް |
-/250 ރުފިޔާ |
އެކްސްޕޯޓްކުރާ ފަރާތްތަކަށާއި ރިޒޯޓުތަކަށް މެދުވެރިއެއްގެ ގޮތުން ފަރުމަހުގެ ބާވަތްތައް ވިއްކާ ފަރާތްތައް ނުވަތަ ނުވަތަ ކުންފުނިތައް |
24 މަސްދުވަސް |
-/300 ރުފިޔާ |
ފަރުމަހުގެ ބާވަތްތައް ޕޮރޮސެސްކުރާ ފެސިލިޓީތައް |
24 މަސްދުވަސް |
-/500 ރުފިޔާ |
ވީމާ ، އިސްވެދެންނެވުނު ފަރާތްތަކުން 13 އެޕްރީލް 2025 އިން ފެށިގެން ފިޝަރީޒް މިނިސްޓްރީގެ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް (https://keyolhu.mv)މެދުވެރިކޮށް ލައިސަންސް ނަންގަވަންޖެހޭނެކަމުގައި އަންގަވާފައިވާތީ ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.