މަސައްކަތް
ނަންބަރު: PRC-MPL/IUL/2025/55
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 18 މޭ 2025 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ މެއިލް އޮޕަރޭޝަންސްގެ ބޭނުމަށް ސެލްފް ލޮކް ސީލް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1.      ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު: 

    މިކުންފުނީގެ ބޭނުންމަށް ސެލްފް ލޮކް ސީލް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: PRC-MPL/IUL/2025/44 (16 އެޕްރީލް 2025) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސެޝަނަށް އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައި ނުވާތީ، އަދި މަޢުލޫމާތު ކަރުދާސް (ޓާރމްސް އޮފް ރެފަރެންސް) އަށް ބަދަލުއައިސްފައިވާތީ މިދެންނެވި އިޢުލާން ބާތިލްކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.

މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރެފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު ގެޒެޓްގައި  ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ. 

 

ޕްރީ-ބިޑް މީޓިންގ:

ތާރީޚް:

6 މެއި 2025

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

 

ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް:

18 މެއި 2025

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

 

2- ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:

  • މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގ އަށް ގަޑިއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 5 މެއި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]
30 އެޕްރީލް 2025