ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2025/19
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި:
07 މޭ 2025 14:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1 ފަތްކެޔޮދަނޑަށްވުރެ އިތުރަށް ފަތްކެޔޮދަނޑު ހުރި ފަރާތްތަކުން އިތުރަށް ހުރި ފަތްކެޔޮދަނޑުތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް އެންގުން
ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލުގެ ދަށުން މިއިދާރާއިން މިހާރު ކުރިއަށްގެންދާ އަސާސީ ދަނޑު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި، މިރަށުގައި މިވަގުތު 1 ފަތްކެޔޮދަނޑަށްވުރެ އިތުރަށް ފަތްކެޔޮދަނޑު ހުރި ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން މިހާރު މިރަށުގައި 1 ފަތްކެޔޮދަނޑަށްވުރެ ގިނަ ފަތްކެޔޮދަނޑު އޮތް ފަރާތްތަކުން، އިތުރަށް ހުރި ފަތްކެޔޮދަނޑުތަކުގެ މަޢުލޫމާތު 07 މޭ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހިއްސާކުރުމަށް ދަންނަވަމެވެ. އިތުރަށް ހުރި ފަތްކެޔޮދަނޑުތަކުގެ މަޢުލޫމާތު ހިއްސާކުރާނީ މި އިޢުލާނާ އެކު އާންމުކުރެވިފައިވާ ފޯމު ފުރިހަމަކޮށް މިއިދާރާއަށް ހުށަހަޅައިގެންނެވެ. ރަސްމީ ގަޑީގައި މި އިދާރާއިން ފޯމު ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.
29 އެޕްރީލް 2025