މަސައްކަތް
ނަންބަރު: (IUL)335-AS/335/2025/73
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:06
ސުންގަޑި: 07 މޭ 2025 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށްހަދާ ފުޓްސަލް ދަނޑު، ވޮލީކޯޓް އަދި ހޭންޑްބޯލް ކޯޓްގެ ވަށާފާރު ފެންސް، ސަބްބޭސް އަދި ލައިޓް ބުޑުތައް ހެދުމުގެ އެންމެހައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަލަށްހަދާ ފުޓްސަލް ދަނޑު، ވޮލީކޯޓް އަދި ހޭންޑްބޯލް ކޯޓްގެ ވަށާފާރު ފެންސް، ސަބްބޭސް އަދި ލައިޓް ބުޑުތައް ހެދުމުގެ އެންމެހައި މަސައްކަތްކޮށްދޭނެ ފަރާތެއްބޭނުންވެއްޖެ.

 

  • މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 07 މެއި 2025 ވާ ބުދަ ދުވަހުގެ 12:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.    

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

  •  މިމަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 މެއި 2025 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މިކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

30 އެޕްރީލް 2025