މަސައްކަތް
ނަންބަރު: (IUL)340/340/2025/21
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 09:52
ސުންގަޑި: 07 މޭ 2025 10:30
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ފެރީޓަރމިނަލްގައި ހުރި ޓަކްޝޮޕް ކުއްޔަށް ދޫކުރުން:

ރަސްދޫ ފެރީ ޓަރމިނަލްގައި ހުރި ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް މި ކައުންސިލުންކޮށްފައިވާ ނަންބަރު: (IUL)340/340/2025/15 އިޢުލާނާގުޅިގެން ހުށަހެޅި ފަރާތްތަކުގެ ތެރޭން ޝަރުޠުހަމަވާ ފަރާތް، އެ ފަރާތުގެ ހުށަހެޅުން ބާޠިލްކޮށްދެއްވުމަށް އެދިލައްވާފައިވާތީ އެ ހުށަހެޅުން ބާޠިލްކޮށް އަލުން މި ރަށު ފެރީޓަރމިނަލްގައި ހަދާފައިވާ ޓަކްޝޮޕް ކުއްޔަށްހިފަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. ޓަކްޝޮޕް ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޭފަރާތުން ޢަމަލުކުރަންޖެހޭނީ "ފެރީ ޓާމިނަލުގައި ހުރި ޓަކްޝޮޕް ކުއްޔަށް ދޫކުރުމާއި ބެހޭ އުޞޫލް" (އުޞޫލް ނަންބަރު: USL/340/2022/02) އާއި އެއްގޮތަށެވެ. މި އުޞޫލް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.

ވީމާ، މި ރަށު ފެރީޓަރމިނަލްގައި ހުރި ޓަކްޝޮޕް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ހޯދުމަށް އެއްވެސް ސުވާލެއްކުރައްވަން އެދިލައްވާނަމަ 2025 މޭ 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ އީމެއިލް [email protected] އަށް މަޢުލޫމާތު ބޭނުންވާ ކަންކަމުގެ ސުވާލުތައް ފޮނުއްވުމުން 2025 މޭ 7 ވަނަ ދުވަހު ޖަވާބުތައް ފޮނުވޭނެއެވެ. ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނީ އިސްވެދެންނެވިފައިވާ އުޞޫލްގެ 8 ވަނަ ނަންބަރުގައި ބަޔާންކުރާ ފޯމް ފުރިހަމަކޮށް 2025 މޭ 11 ވަނަ ދުވަހުގެ 10:30 އަށް މި އިދާރާއަށެވެ.

30 އެޕްރީލް 2025