ނީލަން
ނަންބަރު: MNU-CA-NL/2025/08
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 20:59
ސުންގަޑި: 18 މޭ 2025 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ގެ ނީލަމުގައި ބައިވެރިވުމުގެ ދައުވަތު

ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރިސިޓީގެ ފެކަލްޓީ އޮފް ޢެޑިއުކޭޝަންގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ބޭނުންވެއެވެ.

ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2025 މޭ 12 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ފެކަލްޓީ އޮފް އެޑިއުކޭޝަން (އަމީނީބިލްޑިންގ) އަށް  ޙާޟިރުވުން އެދެމެވެ.

ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2025 މޭ 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް ފެކަލްޓީ އޮފް އެޑިއުކޭޝަން (އަމީނީބިލްޑިންގ) އަށް  ޙާޟިރުވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީއަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ފެކަލްޓީ އޮފް އެޑިއުކޭޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

އަމީނީމަގު، މައްޗަންގޮޅި، ދިވެހިރާއްޖެ

ފޯން: 7583024

29 އެޕްރީލް 2025