ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2025/045
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 15:06
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގިރާ ސަރަހައްދު ހިމާޔަށްކުރުމުގެ މަސައްކަތް

އެމްޓީސީސީގެ ފަރާތުން ރަށުގެ ގިރާސަރަހައްދު ހިމާޔަށްކުރުމަށް ބޭނުއްވާ ހިލަ ގެނައުމާއި އަދި ރަށުގެ ލަފާ ފުރުމަށް ބޭނުއްކުރާ ނެރު ކަނޑިންމަ ފުންކުރުމުގެ މަސައްކަތް މާދަމާ 30 އޭޕްރިލް 2025 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާކަން އެންމެހައި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އިއުލާނާ އެއްކަރުދާސްކުރެވިފައިވާ ރަށުގެ ޗާޓުން ރަށުގެ ބަނދަރު ސަރަހައްދުގައި ރަތްކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދަކީ ގިރާ ސަރަހައްދު ހިމާޔަށްކުރުމަށް އަންނަ ހިލަ ބާޖު ބޭވުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުކަމުން، އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ނުބޭއްވުމަށް އިލްތިމާސްކުރަމެވެ. އަދި ކަނޑިންމަ ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާނެތީ ލަފާ ފުރާ އުޅަނދުތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދި ދެންނެވީމެވެ. މި މަސައްކަތް ކުރިއަށް ދާއިރު ދިމާވެދާނެ ދަތިތަކަށް ޚާއްސަކޮށް އޮޑިވެރިންގެ ކިބައިން މާފަށްއެދެމެވެ.  

29 އެޕްރީލް 2025