ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2025/044
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 07 މޭ 2025 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމްޓީސީސީގެ ފަރާތުން ނ.އަތޮޅުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަން ހަރަކާތް

އެމްޓީސީސީގެ ފަރާތުން ނ.އަތޮޅުގައި ޕްރޮމޯޝަން ހަރަކާތްތަކެއް، 06 މެއި 2025 ން 11 މެއި 2025 އަށް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިރަށަށް 8 މެއި 2025 ވާ ބުރާސްފަތި ދުވަހު ޒިޔާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގެ ތެރޭގައި ނ. އަތޮޅުގައި ތިއްބެވި އިންބޯޑް އަދި އައުޓްބޯޑް އިންޖީނު ގެންގުޅުއްވާ އޮޑިވެރިންނާއި، އިންޖީނިއަރުން އަދި އިންޖީނު މަރާމާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން 1 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް 12 މެއި 2025 ވާ ހޯމަ ދުވަހު، ނ.މަނަދޫގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ތަމްރީނު ޕްރޮގުރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދީފައިވާ ލިންކު މެދުވެރިކޮށް 2025 މެއި 07 ބުދަ ދުވަހު މެންދުރު 12:00 ގެ ކުރީން ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މި ޓްރެއިނިންގ ގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރުގެ އެންމެހައި ކަންތައްތައް ހަޖަމަޖައްސައިދޭނީ އެމްޓީސީސީގެ ފަރާތުން ކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ލިންކް: https://shorturl.at/RjvWI

29 އެޕްރީލް 2025