ކުއްޔަށް ދިނުން
ނަންބަރު: (IUL)334/334/2025/53
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 13 މޭ 2025 13:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކެއްކުމާއި، ރިހާކުރު ކެއްކުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިންކުއްޔަށް ދޫކުރުން

އިޢްލާން

 

މަސްކެއްކުމާއި، ރިހާކުރު ކެއްކުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިންކުއްޔަށް ދޫކުރުން

 

މަސްކެއްކުމާއި، ރިހާކުރު ކެއްކުމުގެ މަސައްކަތްކުރުމަށް ކުޅީގެ ހުޅަގުފަރާތުން ކޯރުގެ އުތުރުން (ކުރީގެ ކެޑޭޓްކޯ ބިމުގެ ތެރޭގައި) 750  އަކަފޫޓްގެ 01 ބިން ކުއްޔަށްދޫކުރުމަށް މިކައުންސިލުން ނިންމައިފީމެވެ.

 02 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިމަށް އެދި ހުށައެޅުމަށް އެދޭ ބިޑް ފޯމް 30 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 12 މެއި 2025 ވާ ހޯމަ ދުވަހުގެ 12:00 އަށް ހުރާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/100ރުފިޔާ އެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 13 މެއި 2025 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 އެޕްރީލް 2025