ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/26
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:25
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާ ގުޅާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން

މިރަށުގައި ފެނާ ނަރުދަމާގެ ޚިދުމަތް ދިނުމާއި ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ގެ ހުއްދަ ލިބުމުން ފެނާ ނަރުދާމާ ގުޅާ އިރު ތިރީގައިވާ ކަންކަމަށް ސަމާލުވުމަށް ދަންނަވަމެވެ.

1-      ގޭތެރެ އަށް ފެންގުޅާއިރު ރަށުގެ ފެނާއި ޕްލާންޓުން ދޫކުރާ ފެނާއި ދެ ފެން އެއް ނުވާނެ ގޮތެއްގެ މަތީން ފެންވައިރު ކުރުން

2-      ގާނޫނު ނަމްބަރ 2020/08 ( ފެނާ ނަރުދަމާގެ ޤާނޫނު ) ގެ 32 ވަނަ މާއްދާގެ (ފ) ގައި ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމުގެ މަސައްކަތަށް މައްސަލައެއް މެދުވެރިވެދާ ފަދަ ފެނުގެ ބާވަތެއް ނަރުދަމާ ނިޒާމު ތެރެއަށް ދޫކުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން އެއްވެސް ފަރާތަކުން ގޭގޭގެ ދިޔަދޮވިން އަންނަ ފެން ނަރުދަމާ އަށް ނުގުޅުން އަދި ފެން މަގުތަކަށް ދޫކޮށްލުމުގެ ބަދަލުގައި ގޭތެރެއަށް ހިންދޭނެ އިންތިޒާމް ހަމަޖެއްސުން.

3-      ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދު ނަމްބަރ 380/2014- R ( ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ތައް ބަޔަންކުރާ ޤަވާޢިދު) ގައި ހޮޓާ ،ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުން ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު އެރަށެއްގައި ނަރުދަމާ ނިޒާމް ހިންގާ ބަލަހައްޓާ ފަރާތުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް " އޮއިލް ޓްރެޕް" ހަދާފައިވާ ކަމުގެ ލިޔުން ހުށަހަޅާން ޖެހެއެވެ. އަދި މި ޤަވާއިދުގެ ޖަދުވަލް 2 ގައި "ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ތައް " ގެ 3 ވަނަ މާއްދާގެ (ޅ) ގައި ފެން ހިންދުމުގެ ނިޒާމް ހުންނަންވާނީ އެރަށެއްގައި ނަރުދަމާ ނިޒާމް ހިންގާ ބަލަހައްޓާ ފަރާތުން ކަނޑައަޅާ ގޮތަށް ( އޮއިލް ޓްރެޕް) ހެދުމަށްފަހު ނަރުދަމާ ނިޒާމްގެ ހޮޅިއަށް ގުޅާފައިކަމަށް ބަޔާންކޮށްފައިވާތީ  މިގޮތަށް މިކަން ކުރެއްވުން އެދެމެވެ.

 ވީމާ ފެނާ ނަރުދަމާ  އާއި ގުޅޭގޮތުން އެއްވެސް ކަމެއްކުރައްވާނަމަ މަތީގައި ވާކަންކަމަށް ސަމާލުކަންދެއްވާ ފެނަކަ ކޯޕަރޭޝަންގެ އުސޫލުތަކާ މިންގަނޑު ތަކާ އެއްގޮތަށް އެކަމެއް ކުރެއްވުމަށް ދަންނަވަމެވެ.

29 އެޕްރީލް 2025