ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)326-HR/326/2025/32
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 08 މޭ 2025 12:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު މިސްކިތު ޕޫލަށް އިމާމުން / މުދިމުން ހޯދުން

އިޢުލާން

2025 ވަނަ އަހަރު މިސްކިތު ޕޫލަށް އިމާމުން/ މުދިމުން ހޯދުން

ޅ. ހިންނަވަރު މިސްކިތްތަކުގައި މަސައްކަތްކުރައްވާ ދާއިމީ މުދިމުން/އިމާމުން ޗުއްޓީ، ސަލާމް އަދި ޢާއިލީ ޒިންމާގެ ޗުއްޓީގެ އިތުރުން އެކިއެކި ބޭނުންތަކަށް ވީއްލުންފަދަ ޙާލަތްތަކުގައި، މިސްކިތްތަކުގައި މަސައްކަތްކުރާނެ ވަގުތީ މުވައްޒަފުންގެ ޕޫލް އެކުލަވާލުމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

އިމާމު/މުދިމު

ބޭނުންވާ އަދަދު

4 (ހަތަރެއް)

މަޤާމުގެ ގިންތި

ވަގުތީ (ވޭޖް އެމްޕްލޯއިމެންޓް)

މަޤާމުގެ މުއްދަތު

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޑިސެންބަރ 2025ގެ ނިޔަލަށް. 

މަސައްކަތް ކުރަންޖެހޭތަން

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ / ޅ.ހިންނަވަރުގެ މިސްކިތްތައް

އުޖޫރަ

މުދިމެއްނަމަ 53.00 (ފަންސާސް ތިންރުފިޔާ) ކޮންމެ ނަމާދު ގަޑިއަކަށް.

އިމާމެއްނަމަ 61.00 (ފަސްދޮޅަސް އެއްރުފިޔާ) ކޮންމެ ނަމާދު ގަޑިއަކަށް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް 

 

1- ކައުންސިލުން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު، ކޮންމެ ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތްތަކަށް ގޮސް މިސްކިތްތަކުގެ ކަންތައްތައް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމްވެ ނަމާދުކުރުން.

2- މިސްކިތުގެ ސާފުތާހިރުކަމާއި، އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ޙައްލުކުރުމަށް މަސައްކަތްކުރުން.

3- މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ  ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯ ބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ހައްލުކުރުމަށް މަސައްކަތް ކުރުމާއި، އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

4- މިސްކިތުގައި ނަމާދު ކުރާމީހުންނަށް ރަނގަޅު މާހައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.

5- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީންއިން ހުއްދަނެތި އެއްވެސް ލިޔުމެއް ހަރުކުރެވިފައި ހުރިތޯ ބެލުމާއެކު އެފަދަ ލިޔުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާ އެލިޔުމެއް ނައްތާލުން އަދި މިސްކިތު ތެރޭގައި އިދާރާގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިޔުމެއް ހުރިނަމަ އިދާރާއަށް އެކަން އަންގާ އެލިޔުމެއް ނައްތާލުން.

6- މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމްދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ހިންގެވުމާއި ޙަވާލްވެ ހުންނެވި އިސްވެރިޔަކަށް އަންގާ އެވެރިޔަކު އަންގާ ގޮތެއްގެ މަތިން ޢަމަލުކުރުން.

 

މަޤާމުގެ ޝަރުޠުތައް

 

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

އިމާމު

GS3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ/އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ

ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ

ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މުދިމު

GS1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި އިމާމުވެ ނަމާދުކުރެވޭ ވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ

ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

:ނޯޓް

އިމާމުކަމުގެ މަޤާމަށް ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކުންވެސް، މުދިމުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް މުދިމުކަމުގެ މަޤާމަށް މީހުން ހޮވާނީ، އިމާމު ކަމުގެ މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކުން ކުރިމަތި ލާފައި ނުވާނަމައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ގެޒެޓުންނާއި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި. ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތަޢުލީމްދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.

(ހ) ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް) ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ ދެންނެވިފައިވާ މަޢުލޫމާތުތަކުގެ އިތުރުން މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާންވާނެއެވެ.)

(ށ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތައް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން  ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް

  • ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ސޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 މޭ 2025 އާއި 31 މޭ 2025 އާއި ދެމެދު، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްލިބުނު ގޮތުގެޝީޓް (A2ޝީޓް) ޢާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 03 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6620301 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ.

މެއިލް ކޮށްގެން ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމް ފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

29 އެޕްރީލް 2025