މަސައްކަތް
ނަންބަރު: (IUL)274/INDIV/2025/62
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި:
04 މޭ 2025 11:15
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.ފޭދޫ ކައުންސިލުން ކަރަންޓު އަދި ވައިފައި ކޭބަލްއެޅުމަށް ބޭނުންވާ ކޯރެއް ކޮނުން
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ށ.ފޭދޫ ކައުންސިލުން ކަރަންޓު އަދި ވައިފައި ކޭބަލްއެޅުމަށް ބޭނުންވާ ކޯރެއް ކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.
- މިމަސައްކަތައް ބޭނުންވާ ކަރަންޓު ކޭބަލް، ވައިފައި ކޭބަލް އަދި ވާރނިން ޓޭޕް ފޯރުކޮށްދޭނީ މިއިދާރާއިންނެވެ.
- ކޯރު 1: ވޮލޯ ކޯޓު ކުރިމަތީއިން ޑިސްޓްރިބުޝަން ފޮށިން ފުޓްސަލް ދަނޑުގެ މީޓަރ ބޮކްސްއާއި ހަމައަށް، ކައުންސިލުން ދަށްކާ ރޫޓުން 2 ފޫޓު އަޑިން. (ލަފާކުރެވޭ ދިގުމިން 111 މީޓަރ)
- ކޯރު 2: ބުލޫހެވަން ކިޔާގޯތި ކުރިމަތީ އިން އޯ.އެލް.ޓީ ބޮކްސް އިން ފުޓަސަލް ދަނޑުގެ ހުޅަގު ފަރާތުގެ މެދު ބެންޗަށް، ކައުންސިލުން ދައްކާ ރޫޓަކުން 1.5 ފޫޓު އަޑިން. ( ލަފާކުރެވޭ 195 މީޓަރ)
- ހުރިހާ ކޯރަކަށްވެސް ވާރީނިން ޓޭޕްލާންވާނެވެ.
- މަސައްކަތް ކުރުމުން ދާވަގުތު މަގުމަތީގައި ވަޅުލާފައިވާ ކޭބަލަކަށް ނުވަތަ އެހެން އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ މަސައްކަތާއި ހަވާލުވި ފަރާތުން ނަގަންވާނެއެވެ.
- ކޯރު ކޮނެނިމުމުން ކޯރުންނެގޭ ގައު ފަދަ ތަކެތި ކަހާ، ގައު އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް ގެންދިއުމަކީ މަސައްކަތާއި ހަވާލުވި ފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިމަސައްކަތައް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 04 މެއި 2025 ވާ ދުވަހުގެ 11:15 ގެ އަށް މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ، ފިނިވާމަގު/ށ.ފޭދޫ އަށް މަސައްކަތްކޮށްދެވޭނެ އަގަކާއި މުއްދަތު ބަޔާންކޮށް އަގުހުށަހަޅާ ފޯމް ހުށަހެޅުއްވުންއެދެމެއް.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 އެޕްރީލް 2025