ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)364-MSS/364/2025/21
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 04 މޭ 2025 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލަކުގައި 1446ވަނަ އަހަރުގެ އަޟްޙާ ޢީދު މިކައުންސިލާއި ގުޅިގެން ހިންގައިދޭނެ ފަރާތެއް ހޯދުން

މިހިނގާ 1446 ވަނަ އަހަރުގެ އަޟުޙާ ޢީދު ރަށުފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މި ކުޅިވަރު ޙަރަކާތްތައް މިކައުންސިލާ ގުޅިގެން ކައުންސިލުން ކަނޑައަޅާ ދުވަސްތަކާ ވަގުތުތަކުގައި ކުރިޔަށް ގެންދިއުމަށް ޝައުޤުވެރިވެލައްވާ ރަށުގެ ކްލަބް / ޖަމުއިއްޔާތަކުން 4 މެއި 2025 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހެށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު ޕްރޮޕޯސަލްގައި ހިމަނަން ބޭނުންވާ މައިގަނޑު ބައިތަކާއި އެންމެ ރަނގަޅު ޕްރޮޕޯސަލް ހޮވުމުގައި ބަލާނެ މިންގަނޑުތައް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ފޯން 6723715 އަށް ގުޅުއްވުންއެދެމެވެ. އަދި މިއިދާރާގެ ނަންބަރު (IUL)364-MSS/364/2025/19 އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެ އިޢުލާންވާނީ ބާތިލް ކުރެވިފައެވެ.

29 އެޕްރީލް 2025