ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-B/426/2025/273
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 08 މޭ 2025 12:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ޢީދި ސަމާ 1446 ހަރަކާތްތަކުގެ ފަންނާނުންގެ ޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

އައްޑޫ ޢީދި ސަމާ 1446 ހަރަކާތްތަކުގެ ފަންނާނުންގެ ޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

        1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، 05 ޖޫން 2025 އިން 09 ޖޫން 2025ގެ ނިޔަލަށް 5 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ޢީދު ފާހަގަ ކުރުމަށް 09 ޖޫން 2025 ވާ ހޯމަ ދުވަހުގެރޭ ކައުންސިލުން އިންތިޒާމުކުރާ ފަންނާނުންގެ ޝޯގައި ހަރަކާތްތައް ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކާއި، އާޓީސްޓުންނާއި، ޕަފޯމްކުރުމަށް ބޭނުންވާ މިއުޒިކް ބޭންޑްތައް ހޯދުމަށް މިއިދާރާއިން ބޭނުންވެއެވެ.

        ވީމާ، މިޝޯގައި ޕާފޯމްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިން އެއްކަރުދާސް ކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. މިޢިއުލާނާއި ގުޅިގެން 04 ފަރާތައްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވައިފިނަމަ، މިޝޯގައި ޕާފޯމްކުރައްވާނެ ފަރާތްތައް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށް ބަލައި މިއިދާރާއިންނެވެ. މި ހަރަކާތާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މިންހަތު ޢަލީ 7793552 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ފޯމް:  https://forms.gle/xLci2FXLKthVTfmQ8

01 ޒުލްޤައިދާ 1446

29 އެޕްރީލް 2025

29 އެޕްރީލް 2025