ބީލަން
ނަންބަރު: (IUL)304-CA/304/2025/72
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 21:35
ސުންގަޑި: 15 މޭ 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް ފުޓްސަލް ދަނޑެއް އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް  ހޯދުމަށް ކުރިން ކުރި އިޢުލާން (އިޢުލާން ނަންބަރު: (IUL)304-CA/304/2024/205 ބާޠިލް ކުރުމަށްފަހު އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2025 އޭޕްރިލް 28 ވަނަ ދުވަހުން ފެށިގެން 2025 މެއި 06 ވާ އަންގާރަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ.    

 

 

ތާރީޚް

ދުވަސް

ގަޑި

ޕްރީ ބިޑް މީޓިންގ

06 މެއި 2025

އަންގާރަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

15 މެއި 2025

ބުރާސްފަތި

11:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

28 އެޕްރީލް 2025